ލަންދޫސްކޫލްގެ އިންޓަރ ހައުސް 14 ވަނަ ބަށިމުބާރާތުގެ ފައިނަލަށް ރެހެންދި އާއި، ދޮށިމޭނާ ހިގައްޖެއެވެ. މިދެޓީމް ފައިނަލަށް ދިޔަކަން ކަށަވަރު ވީ މިއަދު ހަވީރު ކުޅެވުނު ރެހެންދިހައުސްއާއި، ސިއްތިމާވާ ހައުސްގެ މެޗަށް ފަހުއެވެ. މިއަދު ހަވީރު ކުޅެވުނު މިމުބާރާތުގެ 3 ވަނަމެޗް 7 ލަނޑު 12 ފޯލި، 1 ލަނޑު 12 ފޯލިން ކާމިޔާބުކޮށްފައިވަނީ ރެހެންދިހައުސްއެވެ.
މިމުބާރާތުގެ ފައިނަލަށް ދޮށިމޭނާ ހައުސް ގޮސްފާވަނީ ކުޅުނު ތިންމެޗުންވެސް މޮޅުވެ ޕޮއިންޓް ޓޭބަލްގެ އެއްވަނަ ޓީމެއްގެ ގޮތުގައި އޮވެއެވެ.
މިމުބާރާތުގެ ފަައިނަލް މެޗް ކުޅޭގޮތަށް ހަަމަޖެހިފައިވަނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. މާދަމާ އޮންނާނީ ލަންދޫސްކޫލްގެ ފުޓްބޯޅަލީގް 2010 ގެ މެޗެކެވެ.
Advertisement
