
ާއްޖޭގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވޭ ކީރިތި ޤުރުއާން ކިއެވުމުގެ މުބާރާތުގައި ވާދަކުރާނެ ކުދިން ހޮވުމަށްޓަކައި އަތޮޅުތަކުގައި ބޭއްވޭ ޤުރުއާން ކިޔެވުމުގެ މުބާރަތުގެ ތެރެއިން މިއަތޮޅުގެ މުބާރާތް މިއަތޮޅު މިލަދޫގައި މިއަދު މެންދުރުފަހު ދެ ގަޑި ސުންމިނެޓްގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މިލަދޫ ކައުންސިލަރ ފައްޓަވައި ދެއްވި މި މުބާރާތުގައި މިއަތޮޅުގެ ތަފާތު ސްކޫލްތަކުން 55 ބައިވެރިން ވާދަކުރަމުން އެބަގެންދެއެވެ. މީގެ ތެރޭގައި ލަންދޫ ސްކޫލްގެ 3 ދަރިވަރަކުވެސް ވަދަކުރާނެއެވެ. އެއީ ގްރޭޑް 3 ގެ ދަރިވަރު ހުސެން ސަލާމް އާއި ގްރޭޑް 8 ގެ ދަރިވަރު އައިމިނަތު ނަޖީބާ އާއި ގްރޭޑް 9 ގެ ދަރިވަރު އައިމިނަތު އުސާމައެވެ.
ރާއްޖޭގެ އެހެން އަތޮޅުތަކުގައިވެސް މި މުބާރާތް މިއަދުގެ މިވަގުތު ފެށިގެން ކުރިއަށްދާކަމަށް އަޅުގަނޑުމެނަށް މަޢުލޫމަތު ލިބިފައިވެއެވެ.