“ޕްލެޖެރިޒަމް: “- ޔޫސަރ ފްރެންޑްލީ ނުވަނީ ވަގުންނަށް

ވައްކަމަކަށް ވަނީ ހަމައެކަނި މީހެއްގެ ލާރިގަނޑެއް، ފޯނެއް ނުވަތަ ސައިކަލެއް ވަގަށް ނެގުމަކުން ނޫނެވެ. އިހުޒަމާނުގައި މީހުންގެ މިލްކިއްޔާތާއި ރައުސުލްމާލަކީ ބިންބިމާއި މުދަލާއި ފައިސާކަމަށްވިޔަސް މިޒަމާނުގައި އެމީހެއްގެ ލިއުންތަކާއި އެހެނިހެން މައުނަވީ ތަކެތިވެސް ވަނީ ރައުސުލްމާލުގެ ތެރޭގައި، އަގުބޮޑު ތަކެތީގެ ގޮތުގައެވެ. ޚާއްސަކޮށް ޢިލްމީ މަސައްކަތްތައް ވަނީ އަގުބޮޑު މަސައްކަތެއްގެ ގޮތުގައެވެ. އެހެންމީހެއްގެ ޢިލްމީ މަސައްކަތެއް ކޮޕީކުރުމަށްފަހު އެމަސައްކަތުގެ އަސްލު ވެރިޔާއަށް ރައްދުނުކޮށް “ބައްކޮޢްލުމަކީ” އެއްވެސް އިރެއްގައި މީސްދަކުން ބަލައިގަންނަ ކަންކަމެއްނޫނެވެ. ޚާއްޞަކޮށް ޢިލްމުގެ އަހްލުވެރިން އެފަދަ މީހަކު ނުވަތަ ބަޔަކާއި ދިމާލަށް ބަލާނީ ނުރުހުމުގެ ލޮލަކުންނެވެ. އެހެނީ އެފަދަ މީހަކު އެވަނީ ފައިސާއާއި މުދަލަށްވުރެ އަގުބޮޑު އެއްޗެއް ވަގަށް ނަގާފައެވެ.

ޕްލެޖެރިޒަމް“(plagiarism) ނުވަތަ ” މީހެއްގެ ލިއުމެއް އެމީހަކަށް ނިސްބަތްނުކޮށް އަމިއްލަކުރުން” މިއީ މިޒަމާނުގައި ވަރަށް ޢާއްމު ކަމެކެވެ. ކިޔަވާކުދިންނާއި، ،މަތީތަޢްލީމު ޙާޞިލްކުރަމުންދާ ފަރާތްތަކުންވެސް އަދި ތަފާތު ދިރާސާތައްކޮށް ހަދާ ފަރާތްތަކުންވެސް ކޮށްއުޅޭ ކަމެކެވެ. އެހެންކަމުން ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި މިހާރުވަނީ ” ޕްލެޖެރިޒަމް” އަކީ ޖަރީމާއެއް ކަމުގައި ބަލައިގެންފައެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކުން ވަނީ ” މީހެއްގެ ލިއުމެއް އެލިޔުމުގެ ވެރިފަރާތަށް ނިސްބަތްނުކޮށް އަމިއްލަކުރުމުގެ” ކުށުގައި އެތައް ދަރިވަރުންނެއް އެ މުއައްޞަޞާއަކުން ބޭރުވެސް ކޮށްލާފައެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައެވެ.

ޕްލެޖެރިޒަމަކީ  ބައެއް އޮންލައިން ސައިޓްތަކުން ޢާއްމުކޮށް ކުރާ ކަމެކެވެ. ލިއުންތެރިޔަކު ތަރުޖަމާކޮށްގެން ލިޔާ ލިއުމެއް، ނުވަތަ އޭނާގެ ޢިލްމީ މަސައްކަތެއް އެތައް ދުވަހަކުން ބުރައުފުލައި ތައްޔާރުކޮށް ފުރިހަމަކޮށް ވެބްސައިޓެއްގައި ހަމަ ޝާއިޢުކޮށްލާއިރަށް އެލިއުމެއް އަމިއްލަކޮށް ފާޑުފާޑުގެ ސައިޓްތަކުގައި ޖަހަންފަށައެވެ. ފާޑުފާޑުގެ ނަންތަކުގައި އެލިއުމުގެ ވެރީން ފާޅުވާންފަށައެވެ. ބައެއްމީހުން މިކަމަކީ މައްސަލައެއް ނޫންކަމުގައި ދެކެފާނެއެވެ. ޚާއްޞަކޮށް މީހަކަށް ޢިބްރަތެއް ލިބޭފަދަ، ނުވަތަ މަންފާއެއް ކުރާފަދަ ލިއުމެއް އެހެން ސައިޓްތަކުގައި ޝާއިޢްކުރުމަކީ މައްސަލައެއް ކަމުގައި އަޅުގަނޑުވެސް ނުދެކެމެވެ. ނަމަވެސް އެކަން ކުރަންވާނީ އެކަމުގެ އުޞޫލާއި ސުލޫކީ އިމުގެ ތެރޭގައެވެ. އެހެން ބަޔަކަށް އެލިއުމެއް ނަޤުލުކުރާއިރު އޭގެ އަސްލު ލިއުން ލިޔުނު ފަރާތަށް ނުވަތަ އެލިއުން ނެގި ސައިޓަކަށް ކްރެޑިޓްދިނުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. އެންމެ ކުޑަވެގެން ކޮޕީއެއްކަން އެންގޭވަރުކޮށްލުންވެސް ރަނގަޅުތާއެވެ. ހަމަ ގައިމުވެސް އެއީ އެލިއުން ކޮޕީކުރާ ސައިޓަކަށް ނުވަތަ މީހަކަށް ކްރެޑިޓް ޙައްޤުވާ ކަމެއްނޫނެވެ. މިގޮތުން ލަންދޫ އިންފޯގައި ” ޢުމުރުން 23 އަހަރުވަންދެން ކުރީ ހުސް ފާފައެވެ..” މިނަމުގައި ލިއުނު ޢިބްރަތްތެރި ވާހަކައެއް ތަފާތު ސައިޓްތަކުގައި ވާހަކައިގެ މަފްހޫމް ގެއްލޭފަދަ ފޮޓޯތަކާއިއެކު ޝާއިޢްކުރެވިފައި ވެއެވެ. ( މީގެތެރެއިން ގިނަ ސައިޓްތަކުން މިހާރުވަނީ ނަގާފަކަން ފާހަގަކުރެވެއެވެ.)

އިސްވެ ދެންނެވި މިސާލުގައިވާ ފަދައިން ޕްލެޖެރިޒަމުން ދިމާވާ އަނެއް މައްސަލައަކީ  އަސްލު ލިއުންތެރިޔާ ލިއުން މަޤްޞަދާއި މަފްޙޫމް އޮޅުވާލުމެވެ. މިސާލަކަށް ދީނީ ޢިބްރަތްތެރި ވާހަކައެއް ނުވަތަ ލިއުމެއް ލިޔެފައި ވަނިކޮށް އަމިއްލަކުރާ މީހަކު އެލިއުމާއި އެކުގައި ފާހިޝް ފޮޓޯއެއް ޖަހައިފިނަމަ، މުޅި ލިއުމުގެ މަޤްޞަދާއި ކަރާމާތް ގެއްލިގެން ދެއެވެ. މިސާލަކަށް ” އާފަލަކާއި ތަޤްވާވެރި ޒުވާނާ” ގެ ނަމުގައި http://noorul-islam.net/v7/noorulislam_print.asp?articleID=480 މި ލިންކްގައި ލިޔެފައިވާ ވާހަކައެއް “ތަޤްވާވެރި ފިރިއެއްގެ އިންތިޒާރުގައި” މިނަމުގައި http://lyesonline.com/index.php?option=com_content&view=section&layout=blog&id=17&Itemid=67 މިލިންކްގައި ޖަހާއިރު ފާހިޝް ފޮޓޯއެއް ޖަހައިފިނަމަ އެލިއުންތެރިޔާ ލިއުނު މަޤްޞަދާއި މުޅި މަފްޙޫމް ބަދަލުވެ އެލިއުމުގެ ޢިބްރަތާއި ކަރާމާތް ގެއްލިގެންދިޔައީއެވެ. ނުވަތަ ” އިންޓަނެޓް ޗެޓްގެ ޝިކާރަޔަކަށްވީ އަންހެންކުއްޖެއްގެ އާހް” މިނަމުގައި http://www.click4islam.com/story/st_110310_01_InternetChat.html މިލިންކުގައި ތަރުޖަމާކޮށް ލިޔެފައިވާ ލިއުމެއް، ހަމަ އެނަމުގައި “މުޙައްމަދު” ކިޔާ މީހަކު http://www.lyesonline.com/index.php?option=com_content&view=category&layout=blog&id=37&Itemid=59 ފަދަ އެހެން ލިންކެއްގައި އަމިއްލަކޮށްގެން ( ތަރުޖަމާކުރީ ކާކުކަން ނުވަތަ ކޮން ސައިޓަކުން ނެގި ލިއުމެއްކަން ނޭނގޭގޮތަށް) ލިޔެފިނަމަ ތަރުޖަމާކޮށް ބުރަ އުފުލި މީހަކަށް ނިކަމެތިކަމެއް އަންނާނެއެވެ.

އެހެން ކަމުން އެހުމުން ވައްކަންކުރުމުގެ ޓެކްނޮލޮޖީ ބޭނުންނުކޮށް ލިއުންތެރިން ޒިންމާވެއްޖެނަމަ މިފަދަ މައްސަލަތައް މަދުވާނެއެވެ. އޭރަކުން ދެލި ނުހިންގާ ގަލަމެއްގެ “ނުފޮރުއްޕާން” އިބުރާހިމް ނާއިޒްމެން، އަބުސީ މެންނަށް ޖެހޭލެއް ކުޑަވާނެއެވެ. ރާއްޖޭހެ ފެންވަރުގެ ނުވަތަ ބައިނަލްއަޤްވާމީ “ނޫސްވެރިން” އެޑިޓަރކަންކުރާ ސައިޓްތަކުގައި ވަގައްނެގޭ ލިއުންތައް ލިޔެވޭނޭ ދޮރުތައް ބަންދުވެއްޖެނަމަ ” ލަންދޫ އިންފޯ” ފަދަ “ރަޖިސްޓްރީކުރެވިގެން” ނެރޭ އޮންލައިން ނޫސްތަކުގެ “ކަނާތުފިތަށް އޮބުން މަނާކުރާ ޤާނޫނު” ބާތިލްވެ ޔޫޒަރ ފްރެންޑްލީ ވެވިދާނެއެވެ.

Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s


Follow

Get every new post delivered to your Inbox.