
ދިވެހިރާއްޖޭގެ ޤައުމީ ޤުރުއާންކިޔެވުމުގެ މުބާރާތުގައި އަތޮޅުތަކުން ވާދަކުރާނެ ދަރިވަރުން ހޮވުމަށް ކޮންމެ އަތޮޅަކުވެސް ބާއްވާ ޤުރުއާން މުބާރާތުގެ ތެރެއިން ނ.އަތޮޅު ގައި ބޭއްވި އެއަތޮޅު ޤުރުއާން ބުރާތް 2010 ގެ 9 އަހަރުން ދަށުގެ ޢުމުރުފުރާގެ ބަލައިގެން ކިޔުމުގެ ބައިން 1 ވަނަދަރިވަރަކަށް ނ.ލަންދޫ އޮއިވަރު ޙުސައިން ސަލާމް ( ލަންދޫސްކޫލް ) ހޮވިއްޖެއެވެ.
ނ.ލަންދޫ ސްކޫލްގެ ޤުރުއާން ޓީޗަރަކަށް ރިސޯސްޓީޗަރެއްގެ ގޮތުގައި ވަންނަވާ މިދިޔަހަފްތާގައި މަސައްކަތް ކުރައްވާ އަދި މިހާރު އަމިއްލައަށް އިސްތިޢުފާ ދެއްވާ މިވަޒީފާ ދޫކޮށްލައްވާފައިވާ ލަންދޫ އޮއިވަރު ސަލްމާ ހުސެއިންގެ ހުރި ހަމަ އެކަނި ދަރިފުޅު ޙުސެއިން ސަލާމް މިހޯދި ކާމިިޔާބީއަކީ އޭނާއާއި އެކު ވާދަކުރި އެކިއެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ މައްޗަށް ކުރިހޯދައިގެން ހޯދާފައިވާ ކާމިިޔާބީއެކެވެ.
ލަންދޫގައި މިވަގުތު ހުރި ޤުރުއާންގެ ޢިލްމަށް ޚާއްޞަކޮށް ތަޖްވީދުގެ ބައިތަކަށް އެންމެ އަރާހުރި ބޭފުޅެއްކަމަށް ގިނަބަޔަކު ޤަބޫލްކުރާ ލަންދޫ މުދިމް އަލްފާޟިލް ޙުސެއިން އާދަމް އަށް ކާފަ ކިޔާ ޙުސެއިން ސަލާމް އާއިއެކު މިމުބާރާތުގައި އަތޮޅުގެ ބޮޑެތި ސްކޫލްތަކުގެ ދަރިވަރުންވެސް ވާދަކޮށްފާވެއެވެ. އޭގެ ތެރޭގައި މޭނާސްކުލާއި، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހިމެނެއެވެ.
ނ.މަގުދޫ ކަތީބު އަލްފާޟިލް މުމްތާޒް އަށް ބައްޕަ ކިޔާ ލަންދޫ ސްކޫލްގެ ގްރޭޑް 3 ގެ ދަރިވަރު ހުސެއިން ސަލާމް މިހޯދި ކާމިޔާބީ ވެގެން ގޮސްފައިމިވަނީ އަތޮޅު މުބާރާތެއްގައި ލަންދޫ ސްކޫލްގެ ދަރިވަރަކު ހޯދިމ މިފަދަ ފުރަތަމަ ކާމިޔާބީ އަށެވެ. އެހެންކަމުން އެކަން ފާހަގަކޮށް ލަންދޫ ސްކޫލްގެ ފަރާތުން ޙުސެއިން ސަލާމްއަށް ވަނީ މިދިޔައާދިއްތަ ދުވަހުގެ އެސެމްބްލީގައި އެކަންފާހަގަ ކޮށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ހަމަ އެހެންމެ ޙުސެއިން ސަލާމް މިހޯދި ކާމީޔާބީއަށް އެކަން ފާހަގަކޮށް ރަށަށް ރީތިނަން ހޯދައިދިނީތީ ލަންދޫ އިންފޯގެ ފަރާތުންވެސް ވަރަށް ބޮޑަށް މަރުޙަބާ ކިޔަމެވެ.
ލަންދޫއިންފޯއިން އެދެނީ މިފަދަ ކާމިޔަބީތައް ލަންދޫގެ އެހެން ދަރިވަރުންނަށް ކުރިމަގުގައި ލިބިގެން ދިޔުމާއި އެކު ޙުސެއިން ސަލާމްގެ ކުރިމަގު އުޖާލާވެ އުފާވެރިވެ ކީރިޤުރުއާން ކިޔެވުމުގެ ހުނަރު ކުރިއަރުވާ މިފަހަރު މިހޯދިކާމިޔާބީއަށް ވުރެވެސް އިތުރު ކާމިޔާބީ ތަކެއް ހޯދުމުގެ ފުރުޞަތު ލިބިގެން ދިޔުމެވެ.