ިވެހިރާއްޖޭގައި 30 އަހަރުވެރިކަން ކުރެއްވި އަލްއުސްތާޒް މައުމޫނު ޢަބުދުލް ޤައްޔޫމް ވެރިކަން ދިވެހިން ބަދަލްކުރީ ވަރަށް ފޮނި އުއްމީދަކާއި އެކުގައެވެ. ރައްޔިތުންނަށް ހެޔޮ ބަދަލަކާއި ފަސޭހަތަކެއް ލިބޭނެކަމުގެ އުއްމީދާއި އެކުގައެވެ.
ނަމަވެސް ދިވެހިން އުއްމީދުކުރި އުއްމީދުކުރުންތައް މިއަދާއި ހިސާބަށް މިވަނީ ބިލާހަކަށްވެގެން ގޮސްފައެވެ. މިއަދު އަޅުގަނޑުމެން ދިވެހިންނަށް މިވަނީ އިހުނަށްވުރެ ދަތި އުދަގޫތަކާއި ކުރިމަތި ލާން ޖެހިފއެވެ.
ސިވިލްސާވަންޓުންގެ ވަޒީފާތައް ގެއްލެމުންދާއިރު ރީދުކުލައިން ޖަރީނުވާ މީހަކުނަމަ ނިކަމެތިވެ ހަފުސްވަމުން ދަނީއެވެ. އަދި ހަމަ އެހެންމެ ރީދޫކުލައިން ޖަރީނުވާނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް އެއްވެސް ރައްކަލެއް ހިމާޔަތެއް ނެތެވެ.
ރާއްޖޭގައި ކުޑަ ސަރުކާރެއް ޤާއިމް ކުރާނެ ކަމަށްވަޢުދުވެ ވެރިކަމަށް ވަޑައިގެންނެވި އަދުގެ ސަރުކަރުން ” ސިޔަސީ ” މަޤްޞަދަކަށް ޓަކައި އުފެއްދެވި ޕްރޮވިންސ އޮފީސްް ތަކުގެ ބޭނުމަކީ ކޮބައި ބާވައޭ އަޅުގަނޑުގެ ހިތައް އަރައެވެ.
ޕްރޮވިންސް އޮފީސް އުފެއްދީ ރީދޫ ކުލައިގެ އެކްޓިވިސްޓުންނަށް ލާބައާއި މަންފާ ހޯދައިދީ އެބައިމީހުންގެ ” އުފާތައް ” ހާސިލްކޮށްދެއް ކަމަށްވާނަމަ ޕްރޮވިންސް އޮފީސް ހެދުމުގެ ބޭނުން މިއަދު މިވަނީ ކިތައްމެހާވެސް ރަނގަޅަކށް ހާސިލްވެފައެވެ.
ރަށްރަށުގެ ރައްޔިތުން އެބައި މީހުންގެ އަމިއްލަ ދިރިއުޅުމަށްޓަކައި އެބައިމީހުންގެ އަމިއްލަ ފަސްގަނޑުން ދިރިއުޅެލާނެ ބިންކޮޅަކަށް އެދިގެން އުޅެތާ އަހަރެއްވޭތުވެގެން ދާއިރު މިކަންތައް ފުރިހަމަ ކޮށްދިނުމުގައި ޕްރޮވިންސް އޮފީސްވަނީ ނިދާފައެވެ. ކުދިންނަށް ތަޢުލީމް ދިނުމަށްޓަކައި ރެޔާދުވާލް މަސައްކަތް ކުރަމުންދާ ސްކޫލްތަކުން ޓިޗަރަކު ނެތިގެން ޓީޗަރަކު ހޯދުމަށް އާދޭސް ކުރާތާ 4 މަސް ވޭތުވެގެންދާއިރުވެސް ޕްރޮވިންސް އޮފީހުގައި ބެހެއްޓިފައިވާ އެޑިޔުކޭޝަން މޭޒުދޮށުގައި ތިއްބަވާ ބޭފުޅުންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ރައްޔިތު މީހާ އާއި ގުޅިފައިވާ ކޮންމެކަމެއް ފުއްދައި ދިނުމުގައި ޕްރޮވިންސް އޮފީސްވަނީ ފެއިލްވެފައެވެ.
ޕްރޮވިންސް އޮފީހަކީ އަދުގެ ސިޔާސީ ބޭފުޅުން އުފަލާއި ހިތްހަމަ ޖައްސާލަންދާން އޮންނަ ކުޑަވަރެއްގެ ” ޕިކްނިކް އައިލެންޑް ” އެއް ކަމަށްވާނަމަ އަޅުގަނޑުުގެ އެއްވެސް ޝަކުވާއެއް ނެތެވެ.
ނަމަވެސް ޕްރޮވިންސް އޮފީހަކީ ރައްޔިތު މީހާއަށް ގާތުން ޚިދުމަތް ދިނުމަށް އުފައްދާފައިވާ ތަނެކޭ ބުނާނަމަ މިކަމުގެ ޝަކުވާ އަޅުގަނޑުމެން ކުރާނަމެވެ. އަދި މިވާހަކަތައް ދައްކަންވެސް ދައްކާނަމެވެ.
